ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް އައްޔަންކުރައްވައިފި އެވެ.

އޭނާ އެ މަޤާމަށް އައްޔަން ކުރި ކަން ފުލުހުން ހާމަކުރީ އާދިއްތަ ދުވަހު އެވެ.

އޭނާ އެ މަޤާމަށް އައްޔަންކޮށްފައި މި ވަނީ ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝިފާން އެ މަގާމުން ވަކިކުރުމާއި ގުޅިގެން އެ މަޤާމް ހުސްވެފައި ވަނިކޮށެވެ.

މި ބަދަލާއެކު، މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ ސުޕްރިންޓެންޑެންޓް ޢާރިފް ކަން ފުލުހުންގެ އިދާރާ އިން ވަނީ ހާމަކުރައްވާފަ އެވެ.

ކުރިން އެ މަޤާމުގައި ހުރި ޝިފާން އެ މަޤާމުން ހާމަ ކުރި ސަބަބު ފުލުހުން ވެސް އަދި ޝިފާން ވެސް ހާމަކުރައްވާފަ އެއް ނުވެ އެވެ.