ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން  ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަންގެ ކަންކަން އޮތީ އެހެން ލެވެލް އެއްގައި ކަމަށެވެ. ތެލުގެ އަގު ބޮޑު ކުރީ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ކަމަށް ވާއިރު އެ ކަމުގެ ސަބަބުން އެސްޓީއޯ އަށް ލިބުނު ފައިދާ އިތުރުވި ކަމަށް އިހުސާން ފާހަގަ ކުރެއްވިއެވެ.

އެކަން އެހެން ހިނގުމުން އެކަން އިއުލާން ކުރަން ސަރުކާރުން ލަދުވެސް ނުގަންނަނީތޯ އޭނާ ސުވާލު ކުރެއްވިއެވެ. އިހުސާން ވިދާޅުވި އޭރު ތެލުގެ އަގު ބޮޑު ކުރީ ތެލުގެ އަގު ބޮޑު ކުރަން ޖެހިގެން ނޫން ކަން އެކަންކަމަށް ބަލާލުމުން ވެސް އެނގޭ ކަމަށެވެ. އެހެންކަމުން އެފަދަ ދަނޑިވަޅެއްގައި އެގޮތަށް އަމަލުކުރުމުން އިހުސާން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އވެެ.

މީގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް ނުބަލަނީ ކީއްވެކަން ރައްޔިތުންނަށް ނޯޅޭ ކަމަށް އިހުސާން ވިދާޅުވިއެވެ. އެއީ ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތުމުން ހިނގާކަންކަން ހިނގާ ނުހިނގާ ގޮތް ނުބަލަނީ އެފަދަ ކަންކަމަށް ހިތްވަރު ދޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި މި ވެރިކަމުގައި އެޗްޑީސީ މެދުވެރިކޮށް ކޮރަޕްޝަން ހިންގީމަ ޚާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް އިހުސާން ފާހަގަ ކުރެއްވިއެވެ.

"އެކަމަކު ކޮބާތޯ އެ ބޭފުޅުން؟ މިނިވަންކަމާއި އެކު ސަރުކާރަށް ވާގިވެރިވުމުގައި ތިބީ.   ތަންތަނުގައި ރޯވީމަ އޭރު ތިބި މީހުން ކޮބާތޯ؟ އަދި އަދަށް އެކަމެއް ވީކަމެއް ކަމަށް ވެސް ހަދާކަށް ބޭނުމެއް ނޫން." އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ކޮރަޕްޝަން ހިންގާ ގޮތާ މެދު އިހުސާން ވަނީ ބޮޑެތި ސުވާލުތަކެއް އުފައްދަވާފައެވެ. ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ކުރީގައި ކޮރަޕްޝަންގެ މައްސަލަތަކުގައި ބައިވެރިވި ބޭފުޅުން މިހާރު ސަރުކާރުގެ މަގާމުތަކުގައި ތިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.