ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑިން މަރުވެފައި ވަނިކޮށް ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ 2026 ޖޫން 11 ވީ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެގޮތުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބޭނުންކުރި "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން އޮފިސަރަކު ގެއްލުނުކަން އެނގުމާއެކު، އެ ސަރަހައްދުގައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. އޭނާއަކީ އެވަގުތު ލޯންޗުގައި ޑިއުޓީގައި ހުރި އޮފިސަރެކެވެ. 

މި އޮފިސަރު ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އޭނާ ފެނިފައިވަނީ މޫދުގެ އަޑިންނެވެ. އޭނާ ފެނުމާއެކު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އޭނާ އެ ތަނަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި، އޭނާއާއެކު މަސައްކަތްކުރި މުވައްޒަފުންނަށް ބޭނުންވާ ނަފްސާނީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން، މި އޮފިސަރު ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން ފުލުހުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އޮޕަރޭޝަންގެ ތެރެއިން ކަން ހިނގާދިޔަ ގޮތް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ ހއ އުލިގަމު އަހުމަދު އާސިފް (33) އެވެ. އޭނާއަކީ ހިމަންދ