ކަނޑުއޮތްގިރިން
މިވަގުތު މަސްނުކިރޭ ކަމަށާއި، އައިސްވެސް ނުވިއްކާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް
ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު (މިފްކޯ) އިން ބުނެފި އެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވުން
މިފްކޯއިން ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވުން

މިފްކޯއިން
އެހެން ބުނީ، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެ ކުންފުނީގެ ހެޑް އޮފީހަށް ގުޅުމުން
ދިން ޖަވާބުގަ އެވެ.

މިފްކޯއިން
ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވާފައިވަނީ
މިހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އެތަން ހުޅުވުމަށްފަހު ސަރުކާރުން
ބުނެފައިވަނީ، މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްޤީކޮށްފައިވަނީ ދުވާލެއްގެ މައްޗަށް
25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެއް ކަމަށާއި، މިތަނުން ޖުމްލަކޮށް
ހުރިހާ މަސްވެރިންނަށް ޚިދުމަތްދޭނެ ކަމަށެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވުން

މިފްކޯއިން ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވުން|ޕީއެސްއެމް

މީގެ
އިތުރުން، މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވެސް ވަނީ މިފްކޯއަށް ބޮޑުކަންނެލި
ކިރުވޭނެ އިންތިޒާމެއް ނެތުމަކީ މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއަކަށްވާތީ އެކަން
ސަރުކާރުން ޙައްލުކޮށް، މިހާރު ކަނޑުއޮތްގިރިން 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއަކަށް
25 ރުފިޔާގެ މަގުން ގަންނަން ފަށާފައިވާކަމަށް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް
މަސްވެރިން ބުނަމުންދަނީ އެ ޚިދުމަތްތައް ވަޒީރު އެ ވިދާޅުވި ގޮތަށް ނުލިބޭކަމަށެވެ.
އަދި މިކަމުގައި ލަސްވުމުން މަސްވެރިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް
މަސްވެރިންވެސް ބުނެ އެވެ.

އެހެންވެ
އެކަން އިތުރަށް ސާފު ކުރުމަށް ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި
ރާއްޖެޓީވީން މިފްކޯގެ ހެޑް އޮފީހަށް ގުޅުމުން މިފްކޯއިން ބުނީ، ކަނޑުއޮތްގިރިއަކީ
ވަރަށް ފަހުން ހުޅުވި ތަނަކަށްވާތީ އެތަނުގައި އައިސް ވިއްކާކަށް ނުފަށާ ކަމަށާއި އަދި
މަސްވެސް ނުކިރާ ކަމަށެވެ. މިވަގުތު ބައެއް އިތުރު ކަންކަން އެތަނުގައި ކުރިއަށްދާކަމަށް
މިފްކޯއިން ބުނެފައިވެ އެވެ. އެތަނުގައި އައިސް ވިއްކައި މަސްކިރޭނެ އިރެއް ބުނަން ސީދާ
ޔަޤީނެއް ނޫންކަމަށް ވެސް މިފްކޯއިން ބުނެފައިވެ އެވެ.

ކަނޑުއޮތްގިރިއަކީ
2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެމްއެންޑީއެފާ ހަވާލުކުރި ރަށެކެވެ. ނަމަވެސް 2025
ވަނަ އަހަރުގެ ތެރޭގައި އެ ރަށް ވަނީ އަނެއްކާ ވެސް މިފްކޯއާ ހަވާލުކޮށްފަ އެވެ.