ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށް، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލުގެނެސްފި އެވެ.

އައްޑޫ ސިޓީ އިދާރީ ދާއިރާގެ އިހުތިސާސް އަށް ގެނައި ބަދަލު ފެންނަ ޗާޓު
އައްޑޫ ސިޓީ އިދާރީ ދާއިރާގެ އިހުތިސާސް އަށް ގެނައި ބަދަލު ފެންނަ ޗާޓު

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަު މި ބަދަލު ގެނައުމަށް ނިންމަވައިފި ކަމުގަ އެވެ.

އައްޑޫ ސިޓީ އިދާރީ ދާއިރާގެ އިހުތިސާސް އަށް ގެނައި ބަދަލު ފެންނަ ޗާޓު

އައްޑޫ ސިޓީ އިދާރީ ދާއިރާގެ އިހުތިސާސް އަށް ގެނައި ބަދަލު ފެންނަ ޗާޓު|ރައީސް އޮފީސް

މިގޮތައް ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، (ނަންބަރު 13/2026) ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓާ އެކު މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފަ އެވެ.