ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް
ރައީސް މުއިއްޒުގެ ސަރުކާރުން ބަންދުކޮށްފައިވާ ކަމަށް ރައްޔިތުންގެ
މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ
އެވެ.
ރާއްޖެ ޓީވީގެ "ޓީވީ ޓޯކް"
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ރަށްރަށުގއި ހިންގާ
މަޝްރޫއުތައް ވެސް ޕްރައިވެޓް ކުންފުނިތަކާއި ހަވާލު ކުރުމުގެ ބަދަލުގައި
މަޝްރޫއުތައް ދެނީ ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށެވެ.
ބައްލަވާ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރިވެރިން، އަމިއްލަ ވިޔަފާރިވެރިން
މިވަގުތު އައިސަށް ހުރި ނިކަމެތިކަން އެބޭފުޅުންނަށް އިނގޭތޯ ކޮން ކުންފުންޏެއްތޯ
ރަނގަޅަށް ތިމަންނަމެން މަސައްކަތް ކޮށްގެން މިސާލަކަށް ކޮންސްޓްރަކްޝަން
ކުންފުންޏެއް ކަމަށް ވިޔަސް އެބޭފުޅުންނަށް ކުރާނެ މަސައްކަތް ރާއްޖޭގައި އެބަ
އޮތް އެކަމަކު އެއިން މަސައްކަތެއް ކޮށްދެއްވާނެ ގޮތެއް ސަރުކާރަކުން
ނުދައްކަވައޭހަސަން ލަތީފް
ހަސަން ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން
ދަނީ އެއްވެސް ތަނެއް ދޮރެއް ނުދަންނަ ބަޔަކު ކަން ކުރާ އުސޫލުން ކަމަށެވެ. އަދި ރަށްރަށުގެ
މަސް ދޯނިތަކުގައި ތިބި މީހުންނަށް ފެނަކައިން ވަޒީފާދީ މަސް ދޯނިތައް
ފަޅުކުރަމުން އަންނަކަން ހަސަން ފާހަގަ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު އަކީ ގަދަ މީހެއް
ކަމުގައި ދެއްކެވުމަށް ދައުލަތަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް ހެދަކުރަނީ
ދަރަނި ދައްކަން ކަމަށް ހަސަން ވިދާޅުވި އެވެ. އަދި ދަރަނި ދެއްކުމަށް ފަހު ދެން
ހޭދަކުރަނީ 'ނާޗަރަންގީ' ކުޅުމަށް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.