ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން
އެންމެ އާދައިގެ މައުލޫމާތު ވެސް ހާމަކުރަން ބޭނުން ނުވާ ކަމަށް މޯލްޑިވްސް
ޖާނަލިސްޓު އެސޯސިއޭޝަންގެ ރައީސް އަހުމަދު ނާއިފް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ މިނިވަން ދުވަހުގެ ހާއްސަ
ކަވަރޭޖްގައި ވާހަކަދައްކަވަމުން ނާއިފް ވިދާޅުވީ ސަރުކާރުތައް ހިންގަން ވާނި
ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް
ވާޖިބެއް ގޮތުގައި ދެކިގެން ކަމަށެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދުފަދަ މައުލޫމާތުތައް
ހިއްސާ ނުކުރުމާއި ގުޅުވައި ނާއިފް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން
މައުލޫމާތު ހާމަކުރަން ބޭނުން ނުވަނީ ވަކި މިންވަރެއްގައި ސިޔާސީ މުވައްޒަފުންގެ
އަދަދު ހިފަހައްޓާނެކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު ނުފުއްދެވުމުން ކަމަށެވެ.
މިހާރު ސިޔާސީ މުވައްޒަފުންގެ އަދަދު
އެބޭފުޅުން ފޮރުވާ މިންވަރަކީ ކުރީގައި އެބޭފުޅުން ބަޖެޓް ފޮތުގައި އޮންނާނެ
ތާވަލެއް ފަހަތުގައި، ފަހަތުގައި އޮންނާނެ ތާވަލެއް އެ ތާވަލުގައި އޮންނާނެ
ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ކުރާ ހަރަދުގެ ބައި، އޭގައި އޮންނާނެ ސިޔާސީ
މުވައްޒަފުން، ޔުނީފޯމް ބޯޑީ މުވައްޒަފުން މިވެނި އަދަދަކަށް މުވައްޒަފުން ތިބި،
އެމީހުންނަށް މިއަހަރު މިވެނި އަދަދަކަށް ހަރަދުވާނެ މިވެނި މިވެނި ކިޔާފައި
އޮންނާނެ، ކޮންޓްރެކްޓް މުވައްޒަފުން މިވެނި އަދަދެއް ކިޔާފައި އޮންނާނެ،
ލަފާކުރެމެއް ޖަހާފައި އޮންނާނެ އެ ސޮފަހާ ވެސް އެބައި ފޮރުވަން ވެގެން އުނި
ކުރީއަހުމަދު ނާއިފް
ރައީސް އޮފީހުން އާރްޓީއައި ޤާނޫނަށް
އަމަލު ނުކުރާކަން ފާހަގަކުރައްވައި ނާއިފް ވިދާޅުވީ މިހާރު އާރްޓީއައި ޤާނޫނުގެ
ބޭނުމެއް ނެތް ކަމަށެވެ. އަދި ރައީސް އޮފީހުން އެ ޤާނޫނަށް އަމަލު ކުރުމެއްނެތި ރައީސް މުއިއްޒު ފިނޭންސް މިނިސްޓްރީ އަށް މައުލޫމާތު ހާމަކުރަން އެންގި
ކަމުގައި ވިޔަސް އެ މައުލޫމާތެއް ހާމަނުކުރާނެ ކަމަށް ނާއިފް ވިދާޅުވި އެވެ.
ދެން ރައީސް މުއިއްޒު ވިދާޅުވަނީ އާރްޓީއައި
ލާން ނުޖެހޭނެ އޭ، ދެން ރަނގަޅުތާ އާރްޓީއައި ލާކަށް ނުޖެހޭނެ އެންނު ދެން،
އާރްޓީއައިން މައުލޫމާތު ނުދޭ ވިއްޔާ ދެން ލާނެ ކަމެއް ނެތްތާ، އެހެންވީމާ
އެކަހަލަ ސަގާފަތެއް މިހާރު އުފައްދަމުން މިދަނީއަހުމަދު ނާއިފް
މީގެއިތުރުން ނާއިފް ވިދާޅުވީ އެއްވެސް
ސަރުކާރަކަށް ރައްޔިތުންނަށް މައުލޫމާތު
ފޯރުކޮށް ދިނުން މުހިއްމު ކަމަކަށް ނުވާ ކަމަށެވެ.