މ. ނާލާފުށި ކުނި ކޮށި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި ކުރިހާ ވެސް ކަމަކީ މިދިޔަ 2025 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުގެ ކުރިން ބޯޑެއް ޖަހާލުން ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހައިދު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއު ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީ އަށް ޒުހައިދު ވިދާޅުވީ ނާލާފުއްޓާއި މަޑުއްވަރީ ކުނި ކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ވެމްކޯ އާ ކަަމަށެވެ. އެހެން ނަމަވެސް ބޯޑެއް ބެހެއްޓުން ފިޔަވައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަށާއި މަޑުއްވަރީ އެއްކޮށް ވެމްކޯއާ ހަވާލު ކުރީ ކުރިއަށް ގެންދަން ނިންމާފަ ވަނީ. ދެން މި ބޯޑަކީ މީ ރައީސް މުއިއްޒު މި ރަށަށް ވަޑައިގަތް ދުވަހު މިތާނގަ ހަމަ ޖަހާލި ބޯޑެއް. އެއްވެސް ކަހަލަ ކަމެއް މިތާކު ކުރިއަކަށް ނުދޭ. މިއީ ހަމަ އެންމެ ކުރިން ވެސް މި ރަށުގައި އޭރުގެ ސަރުކާރުން ހަދާފަ އޮތް ކުނި ކޮށި. މިތަން އަޕްގްރޭޑް ކުރުމަށްޓަކައި މި ސަރުކާރުން ވެފައިވާ ވައުދެއް އެއީ. އެކަމަކު އަޅުގަނޑަކަށް ނޭންގެ ކިހާ ހިސާބަކު ކަމެއް. މަޑުއްވަރީގެ މަޝްރޫއު ހުރި ހިސާބެއް ވެސް ނޭނގެ. އެތަން ނިންމާފަ މިތަނަށް އަންނަ ކަހަލަ ގޮތަކަށް އޮތީ. އަޅުގަނޑަކަށް ނޭނގެ އެތަނުގެ އަޕްޑޭޓެއް. މިކަމުގެ އެއްވެސް އަޕްޑޭޓެއް ނެތް އަޅުގަނޑުމެންނަކަށް ލިބިފަ އެއްއިބްރާހީމް ޒުހައިދު
ނަމަވެސް 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ އެ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖްކުރާނެ ނިޒާމާއި ވަސީލަތްތައް ގާއިމް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.