މ. ނާލާފުށީގައި ތަރައްޤީ ކުރަން ފަށާފައި ހުރި ފުލުހުންގެ އިމާރަތުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަސްލަހުން ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހެއިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޒުހެއިދު ވިދާޅުވީ ފުލުހުންގެ އިމާރާތުގެ މަޝްރޫއަކީ ނާލާފުށީގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ. އަދި މީގެ އިތުރުން 2 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ނާލާފުށި ހެލްތު ކެއަރ ސެންޓަރަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް އަދި ނާލާފުށި ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށްދާ ކަމަށް ޒުހެއިދު ވިދާޅުވި އެވެ.
ޒުހެއިދު ވިދާޅުވީ ފުލުހުންގެ އިމާތަރުގެ މަޝްރޫއުގެ މަސައްކަތް މިހާރު އޮތީ ކުޑަކޮށް މަޑުޖެހިލާފައި ކަމަށެވެ.
މިހާރު އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިބޭފުޅުންނަށް ވެސް ތަކެތި ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކުޑަކޮށް މަޑުޖެހިލާފައި މިއޮތީ އެހެންނަމަވެސް މިއަދު މާލެއިން މިކޮޅަށް އައި ބޯޓުން ކޮންމެވެސް ވަރަކަށް ރޫފިންގެ ކޮންމެވެސް ވަރަކަށް ސާމާނު އެބަހުރި ގެނެސްފައި، ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުރަތަަމަ ހިޔާ ކުރުމުގެ މަސައްކަތް ކަންނޭނގެ މިތަނުގައި ކުރިއަށް ދާނީއިބްރާހިމް ޒުހެއިދު
މީގެއިތުރުން ޒުހެއިދު ވިދާޅުވީ މި މަޝްރޫއަކީ 2025 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު މ. ނާލާފުށްޓަށް ވަޑައިގެން ފައްޓަވައިދެއްވި މަސައްކަތެއް ކަމަށެވެ.