މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ގޭންގު ކްރައިމް ސަޕްރެޝަންގެ ފުލުހުން މާލެތެރެ ޕެޓްރޯލްކުރަމުންދިޔައިރު، އޭނާއާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން 2026 ޖުލައި 30 ވަނަ ދުވަހުގެ ރޭ، މާލޭ މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.