ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ތަށި ވަން އެންޑް އޮންލީ ރީތި ރަށުން ދިފާޢުކޮށްފި އެވެ.
ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.
ވަން އެންޑް އޮންލީ ރީތި ރަށް މޯލްޑިވްސް ގައި ކުރިއަށްގެންދިޔަ މި މެޗު ފެއްޓުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ޓްރޮފީ ތަޢާރަފުކޮށްދެއްވާފަ އެވެ.
ފޯރިގަދަ ކުޅުމަކަށް ފަހު، ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ތަށި ދިފާޢުކޮށްފައިވަނީ، ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުގެ ޓީމުންނެވެ. ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.