އަމީނީ މަގުގައި ތާރުއެޅި ސަރަހައްދުތަކުގެ ފެންވަރު ދަށްވެ މަގު ހަލާކުވަމުންދާ މައްސަލައިގައި، އެކަމުގެ ޒިންމާ އެމްޑީޕީ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ
އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އަމީނީ މަގުން ފެންނަނީ އެމްޑީޕީ ސަރުކާރުގެ ފެންވަރު ކަމަށާއި، މި ސަރުކާރުގެ ފެންވަރު ފެންނާނީ ބޮޑުތަކުރުފާނު މަގުން ކަމަށެވެ.

އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ
އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އަމީނީ މަގުގެ އެއް ސެގްމަންޓްގެ މަސައްކަތް އޮތީ ނުނިމި ކަމަށެވެ. ނަމަވެސް މަގު ބަންދުކޮށްފައި ބޭއްވުމުގެ ބަދަލުގައި، އޭރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މަސައްކަތް ކުރިއަށް ގެންދިޔަ ގޮތަށް އެ މަސައްކަތް ނިންމާލުމުގެ ފުރުސަތު ދިނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަމީނީ މަގުގެ މަސައްކަތާ ގުޅޭގޮތުން އިތުރަށް މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތަކީ އާރްޑީސީން އަމިއްލައަށް ތާރުއެޅުމުގެ ގާބިލުކަން ހުރި ކަމަށް ނިންމައި، އިންޑިއާއިން މެނުއަލް މެޝިނެއް ގެނެސްގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.

ހަގީގަތުގައި އަޅުގަނޑަކަށް ނޭނގޭ ކޮން އުސޫލަކުންކަމެއް އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު މެނުއަލް މެޝިނެއް ގެނެސްގެން ބަހައްޓާފައި އޭތިން ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ
ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރު ވަނީ އެމްޓީސީސީން ހަދާފައިވާ މަގުތަކުގެ ފެންވަރާއި އަމީނީ މަގުގެ ފެންވަރު އަޅާކިޔުމަށް އެދިވަޑައިގެންފަ އެވެ. އަދި އަމީނީ މަގު ނިންމުމުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އަމީނީ މަގުގެ ފެންވަރުން ރަމްޒުކޮށްދެނީ ކުރީގެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށާއި މި ސަރުކާރުން ކުރާ މަސައްކަތްތައް މާ ފެންވަރު ރަނގަޅުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ

އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ

އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ

އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ

މިނިސްޓަރު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެ ނުރައްކާތެރި ހާލަތަށް ގޮސްފައިވަނީ މިސަރުކާރުގައި ތަރަައްގީ ކުރި ފަހު ދެ ސެގްމެންޓުގެ އެވެ. އެގޮތުން 9 ޑިސެންބަރު 2023 ގައި މަސައްކަތް ފަށައި، މަގުގެ މަސައްކަތް އެއްކޮށް ނިންމާ 12 ޖެނުއަރީ 2024 ގައި އާއްމުންނަށް ހުޅުވާލި އެވެ. އަދި މި މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްގޮސް މަސް ދުވަސް ނުވަނީސް މަސައްކަތް ނިންމާލާފައިވާކަން ފާހަގަކޮށް މިސަރުކާރުން ވަރަށް ބޮޑަށް އެކަން ޕްރޮމޯޓް ކުރި އެވެ. އަދި އެއީ 'މުއިއްޒު ސްޕީޑު' ގައި ނިންމާލި މަސައްކަތެއް ކަމުގައި ބުނެ، މުޅި އަމީނީ މަގު ނިންމުމުގެ ރީތި ނަން ވެސް ހޯދާފައިވެ އެވެ.