ހދ. ވައިކަރަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް މުޅިން ނިމިފައިވީ ނަމަވެސް، އެ ރަށުގެ ކަރަންޓު ނެޓްވޯކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ ނިޒާމު ބޭނުންނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު މިހާރު އޮތީ ނިމިފައި ކަމަށާއި، ނަމަވެސް އެ ނިޒާމު ފުރިހަމައަށް ބޭނުންކުރުމަށް ބޭނުންވާ ކަރަންޓު ނެތުމުގެ ސަބަބުން ފެން ޕްލާންޓްތައް ހިންގޭ ގޮތް ނުވާ ކަމަށެވެ.
ފެނާއި ނަރުދަމާ ނިމިފަ. މިހާރުވެސް ބޭނުންކުރަމުންދޭ. ބޭނުންކުރެވޭ. އެހެންނަމަވެސް، ބޭނުންނުކުރެވޭ. އެހެރީ ކަރަންޓުގެ އެވަރު ނެތުމާއި، ނެތުމުގެ ސަބަބުން ފެން ޕްލާންޓުން ނުޖެއްސިހުސައިން ޒިޔާދު
މިކަން ހައްލުކުރުމަށް ވައިކަރަދޫގައި އިންޖީންގެ އިމާރާތްކޮށް ނިމިފައިވާކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، ކަރަންޓު ނެޓްވޯކް ރަނގަޅުކުރުމަށް ގެނެސްފައި ހުރި ބައެއް ކޭބަލް ރޯލުތައް މިހާރު އެހެން ރަށްރަށަށް ގެންގޮސްފައިވާ ކަމަށެވެ. މިއަދާ ހަމައަށް އައިއިރު ވެސް މި މުހިންމު މަސައްކަތް ނުނިމި އޮތުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ދަތިކަމެއް ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.