މާލެ ސިޓީ ގޮނޑުވެ، ހަޑިވަމުން ދަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ
ސަބަބުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރުގެ 12 ވަނަ ރަސްމީ ޖަލްސާގައި ވާހަކަ
ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މާލެ ސިޓީގެ އެކިއެކި ސައިޓުތަކުން ކުނި
ނެގުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ. މިގޮތުން ސިޓީ ކައުންސިލް އަދި މާލެ ސިޓީ
ސަރަހައްދުގައިވާ މިސްކިތްތަކުގެ ކުނި ނެގުމަކީ ވެސް ވެމްކޯގެ ޒިންމާއެއް ކަމަށް
މޭޔަރު ވިދާޅުވި އެވެ.
ހަމައެއާއެކު ނަގަން ޖެހިފައިވާ ކުންޏެއްގެ ސަބަބުން ކައުންސިލްގެ އަތުން
އިތުރު ފައިސާ ނެގުމަކީ ވެމްކޯ އިން ބޭއިންސާފުން ކުރަމުން އަންނަ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ، ވެމްކޯއާ އެކީ މަސައްކަތް ކުރުމަކީ
ވަރަށް އުނދަގޫ ކަމެއް ކަމަށާއި ވެމްކޯއާ އެކު މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތައް އަމަލު ނުކުރާ
ކަމަށެވެ. ނަމަވެސް މި ހުރަސްތަކާއެކު ވެސް ވެމްކޯއާ އެކީ އެއްބަސްވުމަކަށް
ދިޔުމަށް ކުރަން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އަދި އެއްބަސްވުންތަކާ ހިލާފަށް ވެމްކޯ އިން މަސައްކަތް ކުރަނީ ސިޓީ
ކައުންސިލަށް ގެއްލުން ދިނުމުގެ ނިޔަތުގައި ކަމަށް މޭޔަރު އާޒިމް ވަނީ ތުހުމަތުކުރައްވާފަ އެވެ.
މޭޔަރު ވަނީ މަގުތައް ހަޑިނުކޮށް ވެމްކޯގެ ފަރާތުން ހިދުމަތް
ހޯދުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އަދި ރައްޔިތުންނަށް މި ހިދުމަތްތައް
ދިނުމަށް ވެމްކޯ އިން ކެޕޭސިޓީ އިތުރު ކުރަން ވެސް މޭޔަރު އާޒިމް ވަނީ ގޮވާލައްވާފަ އެވެ.
މާލެ، ހުޅުމާލެ އަދި ވިލަމާލޭގައި ދިރިއުޅެމުންދާ ރައްޔިތުން، ވެމްކޯ ކެޕޭސިޓީ ދަށްކަމުން މަގުތައް މައްޗަށް އެބަ ނެރޭ އެއްޗެހި. ނަމަވެސް އަޅުގަނޑު އެދެނީ ރައްޔިތުންގެ ކިބައިން މަގުތަކައް ކުނި ނޭޅުމައް އަދި ވެމްކޯއަށް ގުޅައިގެން ވެމްކޯގެ ހިދުމަތްތައް ހޯދުމަށް. އަދި އަޅުގަނޑު ވެމްކޯގެ ކިބައިން އެދެނީ ވެމްކޯގެ ކެޕޭސިޓީ އިތުރުކޮށް ރަނގަޅު ހިދުމަތް ދިނުމަށް ވިސްނާށޭއާދަމް އާޒިމް
މީގެ އިތުރަށް މޭޔަރު އާޒިމް ވަނީ ވެމްކޯގެ މުވައްޒަފުންނަކީ ވަރަށް މުރާލި ބައެއް ކަމަށް ވިދާޅުވެ އެބޭފުޅުންނަށް ތައުރީފު ކުރައްވާފަ އެވެ.
2025 ވަނަ އަހަރު މާލެ ސިޓީ އިން ކުނި އުކުމަށް 35 މިލިއިން ސިޓީ ކައުންސިލުން
ވެމްކޯ އަށް ދޭންޖެހިފައިވެ އެވެ. އަދި މި އަދަދުތަކަށް ރިއާޔަތްކޮށް ވެމްކޯ އަށް
ސިޓީއެއް ލިޔުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައި އެވެ.
ނިމިދިޔަ 2025 ވަނަ އަހަރު ވެމްކޯ އަށް ވަނީ 24 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިކަން އެ ކުންފުނިން ވަނީ ހާމަކޮށްފައި އެވެ.