ދިވެހިރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން' ގެ ހާލަތަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި
ދުވަހުގެ ރޭ އެމްޑީޕީން "ދަތިވެއްޖެ" ނަމުގައި ބޭއްވި މުޒާހަރާގައި
ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ
ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކަށް ދަރަނި ދެއްކުމަށް ރާއްޖޭގެ ރިޒާވްއިން އެއް ބިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ. އެހެންކަމުން
ރާއްޖޭގެ ރިޒާވްގައި މިހާރު އެއްވެސް ވަރަކަށް ޑޮލަރު ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި
އެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ދަރަނި ދެއްކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހޯދައި، ރިޒާވްގައި ބަހައްޓާފައި ހުރި ޑޮލަރުން ކަމަށެވެ.
މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮމާޝަލް ބޭންކްތަކަށް ޑޮލަރު ނުވިއްކާ ކަމަށް
ރައީސް ނަޝީދު ވިދާޅުވި އެވެ. މީގެ ސަބަބުން ކޮމާޝަލް ބޭންކްތަކުން ޑޮލަރު ނުލިބި އާންމު
ރައްޔިތުންނަށް ޖެހެނީ ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަންނަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މިއަދު އަޅުގަނޑުމެން މިތާ އެއްވެ މިތިބޭ އިރުގައި ޑޮލަރުގެ އަގު އެހެރީ ވިހި ބާވިސް ރުފިޔާއަށް ވުރެ މަތީގައި، މިސްރާބު އެހުރީ ތޭވިސް ރުފިޔާއާ ދިމާލަށް، އަޅުގަނޑުމެންނަށް މިހާރު ބުނަން ދަތި ޑޮލަރުގެ އަގު އެއްވެސް އިރެއްގައި، މި ސަރުކާރު ދެމިއޮތް ހާ ހިނދެއްގައި ދެން ދަށަށް ގޮސްފާނެ ކަމަށްރައީސް ނަޝީދު
ރައީސް މުއިއްޒުގެ ސަރުކާރުގައި ޑޮލަރުގެ އަގު ދަށަށް ގޮސްދާނެ ކަމަށް ވިދާޅުވާން ދަތި ކަމަށާއި ދުވަހެއް ދުވަހަކަށް ދާނީ ޑޮލަރުގެ އަގު މަތިވަމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރު ފެންނަމުން ދަނީ ތަކެތީގެ އަގު ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އަތްނުފޯރާ ވަރަށް މައްޗަށް ދާ މަންޒަރު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން އެމްޑީޕީއާއެކު މަޝްވަރާ ކުރަން އައުމަށް ސަރުކާރަށް ގޮވާލައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ފައިސާ ހޯދާނެ ގޮތް އެނގޭ ކަމަށާއި ރާއްޖެއަށް ފައިސާ ގެނައުމަށް އެމްޑީޕީ ފަރިތަ ވާނެ ކަމަށެވެ.