މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު، އައްޑޫ ސިޓީ އަށް ވަޑައިގަތުމުން އެ ސީޓީ އިން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވަައިފި އެވެ.
ޝާހިދު އަށް އެ ސިޓީ އިން މަރުހަބާ ދެންނެވުމަށްޓަކައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އާއި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ. އަދި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.
އެމްޑީޕީގެ ލީޑަރޝިޕުން މީގެ ކުރިން ވެސް އެކި ދުވަސްވަރު އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތަކަށް ދަތުރުކޮށް، ރައްޔިތުންނާ ބައްދަލުކުރެ އެވެ. އަދި ދޮރުން ދޮރަށް ހަރަކާތްތަކާ އެކު، ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޕާޓީ އިން ބުނެ އެވެ.
ޝާހިދު އައްޑޫ ސިޓީ އަށް ވަޑައިގެންފައިވާއިރު، ހުކުރު ދުވަހުގެ ރޭ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާ އެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.