ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހުރީ "ގިއްގެޅިފައި" ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތާއި ކުޅޭއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށާއި ރާއްޖެއާއި އެއްގޮތަށް ބޯރާބޯރާ އަދި މޮރިޝަސް ފަދަ ގައުމުތަކުގައި ރާއްޖޭގެ ކޮންސެޕްޓަށް ރިސޯޓްތައް މިހާރު ހަދާފައި ހުރިއިރު، އެތަންތަނަށް ރާއްޖެއަށް ވުރެ ގިނައިން ފަތުރުވެރިންދާ ކަމަށެވެ.
މި އިސްލާހުން ޓެކްސް ބޮޑު ނުވާ ކަމަށް ވިދާޅުވެ ޕީއެންސީގެ މެންބަރުން ދިފާއުކުރެއްވި ނަމަވެސް ރާއްޖެގައި ހެދިފަ ހުރި ރިސޯޓްތަކަށް މި އިސްލާހުގެ ސަބަބުން ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް އައްބާސް ވިދާޅުވި އެވެ. މިފަދަ އިސްލާހުތަކަކީ ޓްރެވަލް އެޖެންޓުންނާއި ދުނިޔޭގެ ގާނޫނުތަކާއި އިންޓަނޭޝަނަލް ޕްލެޓްފޯމްއާ ބެހޭ ގާނޫނުތަކަށް ރިއާޔަތް ކޮށްގެން ނޫންގޮތަކަށް، ހުށަހަޅަން ޖެހޭ އިސްލާހެއް ނޫން ކަމަށް އައްބާސް ވިދާޅުވި އެވެ. އަދި މިފަދަ ނިންމުމެއް ނިންމުމަކީ ގައުމަށް ރަނގަޅު ކަމެއް ނޫން ކަމަށް އައްބާސް ވިދާޅުވި އެވެ.
ރާއްޖެ މިއޮތީ ވަރަށް ނިކަމެތި ހާލުގައި، ރާއްޖޭގެ އިގުތިސާދު މިދަނީ ދުވަހެއް ދުވަހަށް ދަށަށް އިއްޒަތްތެރި ރައީސް، އުފެއްދުންތެރިކަމުގެ ނިސްބަތް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށް އިއްޒަތްތެރި ރައީސްމުހައްމަދު އައްބާސް
އައްބާސް ވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ 80 އިންސައްތަ އިންވެސްޓަރުންނަކީ ފޮރިން އިންވެސްޓަރުން ކަމަށާއި އެބޭފުޅުންގެ ފައިސާ ރާއްޖޭގެ ބޭންކްތަކުގައި ދައުރު ވާނެ ގޮތަކަށް އިސްލާހު ނުގެނެ، ދުނިޔޭގެ މަންޒިލްތަކަށް ފަތުރުވެރިން ފޮނުވަން ހަދާފައި ހުންނަ ޕްލެޓްފޯމްތަކާ ކުޅުން އެއީ މި ހާލަތުގައި އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދާފައި އެވެ.
މިއަދުގެ ވެސް ހަގީގަތަކީ ރައްޖޭގައި 300 އާ ގާތް ކުރާ ވަރަށް ނުވަތަ 200ށް ވުރެ މައްޗައް ރިސޯޓްތައް ހުރިއިރު، ރާއްޖެގައި ހާހަކާއި ގާތް ކުރާވަރަށް ގެސްޓްހައުސްތައް ހުރި އިރުގައި އެތަންތަނުގައި 50 ޕަސަންޓް އޮކިޔުޕެންސީ ނުހިފަހައްޓާ އިއްޒަތްތެރި ރައީސް، އީސްޓަން ޔޫރަޕާއި، ވެސްޓަން ޔޫރަޕާއި، މެދުއިރުމައްޗާއި މިތަންތާ މިކުރާ ހަނގުރާމަގެ ސަބަބުން ރާއްޖޭގެ ޓޫރަޒަމް މިއޮތީ ހެސްކިޔާފަ ލޮޅުން އަރާފައި، އަޅުގަނޑުމެން ގަސްޓްހައުސްތައް ހިންގަމުން ދިޔައީ ދުވަހަކު ވެސް 60 ޕަސަންޓުން ދަށްވި ހަދާނެއް ނާދެ، މިއަދުގެ ހާލަތަކީ 10 ޕަސަންޓް 15 ޕަސަންޓް އިއްޒަތްތެރި ރައީސްމުހައްމަދު އައްބާސް
ފަތުރުވެރިކަމާއި ކުޅެން ވިސްނާއިރު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވެ އައްބާސް ވަނީ މިހާރު ވެސް ފަތުރުވެރިން އެކި ނަން ނަމުގައި ގިނަ އަދަދެއްގެ ޓެކްސް ދައްކާ ކަމަށް ވިދާޅުވެފައި އެވެ.
މީގެއިތުރުން މިހާރު ރާއްޖޭގެ ރައްޔިތުން އަގަޔާއި އަތާ ދިމާ ނުވާ ކަމަށާއި، ފަށާފައިވާ މަޝްރުތައް ހުއްޓިފައިވާކަން އައްބަސް ފާހަގަކުރެއްވި އެވެ. އަދި ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މިއަދު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުރީ "ގިއްގެޅިފައި" ކަމަށް އައްބާސް ވިދާޅުވި އެވެ.