އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރު ކަމަށް ޖަމީލާ އަލީ ހާލިދު
އައްޔަނު ކުރެއްވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

އިނގިރޭސިވިލާތަށް ރާއްޖެއިން މީގެ ކުރިން ކަނޑައަޅުއްވާފަ ހުންނެވި ސަފީރަކީ
އިރުތިޝާމް އާދަމް އެވެ. ނަމަވެސް ފޮރިން މިނިސްޓަރުގެ މަގާމަށް އިރުތިޝާމް
އައްޔަނުކުރެއްވުމުގެ ސަބަބުން އެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ.

ޖަމީލާ ވަނީ މީގެ ކުރިން ރާއްޖެ އިން ޖަރުމަނުވިލާތަށް ކަނޑައަޅުއްވި ސަފީރުގެ
މަގާމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ޖަމީލާ މި މަގާމަށް އައްޔަނު ކުރެވޭނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިން ދިރާސާ
ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުން ނަގާ ވޯޓަކުންނެވެ.