ކައުންސިލް އިންތިހާބާއި ދިމާކޮށް ދ.ހުޅުދެލި ބިންހިއްކާ ސަރަހައްދު
ފާހަގަކުރަން ދިދަ ޖެހި ނަމަވެސް، އެ ދިދަތައް މިހާރު ވަނީ ވަޔާ ވެއްޓިފައި
ކަމަށް ހުޅުދެލި
ކައުންސިލުގެ ރައީސް އަހުމަދު ނަސްރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް
ދެއްވި އިންޓަވިއުއެއްގައި ނަސްރު ވިދާޅުވީ މި މަޝްރޫއަށް ގެނަސްފައިވަނީ އެއް
ހައިމާކެއް އަދި ޕިކަޕެއް އެކަނި ކަމަށާއި މަސައްކަތް ކޮށްފައިވަނީ ހަމައެކަނި
އެންމެ ރެޔަކު ކަމަށެވެ. އަދި ގެނަސްފައިވާ ހައިމާކު މިހާރު އޮތީ ހަލާކުވެފައި
ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލު އިންތިހާބާ ދިމާކޮށް ދިދަ ވެސް ޖަހާފަ ހުރީ. މިހާރު އެ ދިދަތައް އޮތީ
އޮޔާ ވެއްޓިފައި. މި ރަށަށް އެރުވީ ހަމައެކަނި ޕިކަޕަކާއި ހައިމާކެއް އެކަނި.
ހައިމާކު ނުގެންދެވިފައި މިއޮތީ އޭގެ އިންޖީނު ހަލާކުވެފައި އޮތީމަ. މަސައްކަތް ކުރީ
އެއްރޭ އެކަނިއަހުމަދު ނަސްރު
ނަސްރު
ވިދާޅުވީ މުވައްޒަފުންގެ ޒިންމާއަކީ ހައިމާކު އަރާ ގޮތަށް ފޮޓޯއެއް ނެގުން އެކަނި
ކަމަށެވެ. އަދި މުވައްޒަފުންނަށް އެއްވެސް މަސައްކަތެއް ހަވާލު ނުކުރާ ކަމަށް
ނަސްރު ވިދާޅުވި އެވެ.
ހުޅުދެލި
ބިން ހިއްކުމުގެ މަޝްރޫއު އަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ރައީސް
ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އަދި މި މަޝްރޫއުގެ
މަސައްކަތް 2026 ގެ ޖުލައި މަހު ފެށިގެންދާނެ ކަމަށް ރައީސް މުއިއްޒު އޭރު ވަނީ ވިދާޅުވެފަ އެވެ.