ސަރުކާރުން
ލާމަރުކަޒީ ނިޒާމަށް މިހާރު ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް
ބޮޑު ގެއްލުމެއް ކުރާނެކަމަށް ފެހެންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ ޝައުފާން ވިދާޅުވެއްޖެ
އެވެ.
ރާއްޖެޓީވީގެ
ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝައުފާން ވިދާޅުވީ، ފެހެންދޫއަށް އެކަނި
ބެލިނަމަވެސް، ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން 100 އިންސައްތަ ގެއްލުމެއް ލިބިފައިވާކަމަށެވެ.
އެ ކައުންސިލް ނައިބު ރައީސް ވިދާޅުވީ، މި ގެއްލުން ލިބުނު ސަބަބަކީ ފަހު އަހަރަށް ތާވަލުކުރެވިފައި ހުރި
ގިނަ މަޝްރޫއުތައް ހުއްޓާލަން މަޖުބޫރުވުން ކަމަށެވެ. އަދި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް
ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ރަށްރަށުގައި ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް
ބުރޫއަރާކަން ކުރިމަތިވެފައިވާކަން ފާހަގަކުރެެއްވޭ އެވެ.
ޝައުފާން
ވިދާޅުވީ، މިހާރުވެސް ސަރުކާރުގެ އެކިއެކި މަޝްރޫއުތައް ހިންގުމަށް 12 ވަރަކަށް ބިން
ހަމައެކަނި ފެހެންދޫއިން ވެސް ދީފައިވާކަމަށެވެ. ނަމަވެސް މަސައްކަތެއް ހިނގަނީ އޭގެ
ތެރެއިން އެންމެ ބިމެއްގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން
ސަރުކާރަށް ކަންކަން ނުކުރެވެނީ ކައުންސިލުތަކުން އެއްބާރުލުން ނުދީގެން ކަމަށް ބުނެވޭ
ވާހަކަތައް ދެކޮޅެއް ނުޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ
ސަރުކާރުން ބުނި ގޮތަކަށް، ބުނި ތަނަކުން ބިން ދޫކުރަމުންދާކަމަށެވެ.
މީގެ
އިތުރުން، ފެހެންދޫގައި ފަތުރުވެރިކަން ފެށިފައިވާ ނަމަވެސް، އެކަށީގެންވާ ގޮތެއްގައި
ފަތުރުވެރިކަން ފުޅާވަމުން ނުދާކަން ޝައުފާން ފާހަގަކުރެއްވި އެވެ. އެގޮތުން
އިންވެސްޓަރުން ނުލިބުމުގެ ދަތިތައް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ. މިވަގުތު ފެހެންދޫގައި
އޮޕަރޭޓް ކުރަމުންދަނީ 3 ގެސްޓްހައުސް ކަމަށްވެސް ޝައުފާން ވިދާޅުވި އެވެ.
ލާމަރުކަޒީ
ނިޒާމަށް ގެންނަމުންދާ ބަދަލުތަކާ ގުޅިގެން ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު،
މި ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ހުރަސްތައް ކުރިމަތިވެފައިވާކަން
ފާހަގަކުރެވެ އެވެ. ކައުންސިލްތަކަށް ލިބެމުންދިޔަ ބާރުތައް ކުޑަވުމާއި، ތަރައްގީގެ
މަޝްރޫއުތަކަށް ލިބެމުންދިޔަ ބަޖެޓް ކުޑަވުމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް
ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކުރެވެ އެވެ.