ހުޅުމާލެ ދެވަނަ ފޭސްގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ
މީހަކަށް އަނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި
އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހު ހެނދުނު 8:54 ހާއިރު އެވެ. ފުލުހުން
ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގު، ކޭޕިއަސް
ކައިރީގައި އެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.