މިއަހަރު
ބޭއްވި ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާ ގުޅިގެން އާރިއަމް ޝޮޕުން ކުރިއަށްގެންދިޔަ
ލަކީ ޑްރޯގެ ގުރުނެގުން އާރިއަމް ޝޮޕްގައި ބާއްވައިފި އެވެ.
އާރިއަމް
ޝޮޕުން މިއަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާ ގުޅިގެން ކުރިއަށް ގެންދިޔަ ލަކީ
ޑްރޯއަކީ އެ ފިހާރަ އިން ސަތޭކަ ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއެއް ކުރި
މީހަކަށް ކޫޕަނެއް ދޫކޮށްގެން، ލަކީ ޑްރޯގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް
ފުރުސަތު ލިބޭގޮތަށް ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.
މި ލަކީ
ޑްރޯގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ފަސްހާސް ރުފިޔާގެ ފައިސާގެ
އިނާމެކެވެ. އަދި އިތުރު 10 ފަރާތުން ކުރެ ކޮންމެ ފަރާތަކަށް ފަސްސަތޭކަ ރުފިޔާގެ
ވައުޗަރެއް އާރިއަމް ޝޮޕުން ވިޔަފާރި ކުރެވޭގޮތަށް ދޫކުރި އެވެ. މި ލަކީ ޑްރޯގެ
އެއްވަނަ ލިބިގެން ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމު ހާސިލުކޮށްފައި ވަނީ ފާއިޒް އެވެ. ލަކީ ޑްރޯރ އިން ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކުރުމުގެ ކަންކަން އާރިއަމް
ޝޮޕުން ކުރިއަށް ވަނީ ގެންގޮސްފަ އެވެ.
އާރިއަމް
ޝޮޕަކީ ޕޯލަންޑްގެ ސަންތޭ ކުންފުނީގެ އުފެއްދުންތައްކަމަށްވާ ޕްރޮޓީން ބާ އާއި
ބްރެކްފާސްޓް ސީރިއަލް އާއި ގޯއޮން ބްރޭންޑްގެ ގްލޫޓަން ފްރީ ޕީނަޓް ބަޓަރ ފަދަ
އުފެއްދުންތަކާއި، ޕޯލަންޑްގެ ޑަކްޓަރ ޖެރާޑް ބްރޭޑްގެ ބިސްކޯދާއި ލުއި ކާނާގެ
ބާވަތްތަކުގެ އިތުރުން ޕާކިސްތާނުގެ ކާލާ ބާސްމަތި ހަނޑުލާއި، ލެތްވިޔާގެ ލޯންގް
ޗިޕްސް ފަދަ އުފެއްދުންތައް ވިއްކަމުންދާ ފިހާރައެކެވެ. އާރިއަމް އިން އާންމުންކޮށް
ވިއްކަނީ ޔޫރަޕްގެ ފެންވަރު ރަނގަޅު އުފެއްދުންތަކެވެ.