އިހުތިރާމު ކުޑަކުރުމުގެ އެތައް ހަރަކާތެއް ހިންގުމުގައި އިދިކޮޅުގައި ތިބި އިރު އަމަލީ ގޮތުން އިސް ސަފުގައި ބައިވެރިވި އެތައް ފަރާތެއް ހިމެނޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިއުލާނުކުރި އިޙުތިރާމު އަދާކުރުމުގެ ގައުމީ ބިޔަ މަޝްރޫއުގެ ތަފްސީލު ހާމަކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސޫރަ ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ މޫނުމަތިއަޅައިގެން ފުރައްސާރަކުރަނީ
އިދިކޮޅު ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސޫރަ ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ މޫނުމަތިއަޅައިގެން ފުރައްސާރަކުރަނީ

5 އަހަރު ދުވަހުގެ ގައުމީ ބިޔަ މަޝްރޫއެއް ސަރުކާރުން ކުރިއަށް ގެންދަން ނިންމީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ހީނާ ވަލީދު މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ހުށަހެޅެއްވި ކަރުދާހަށް މަޝްވަރާކުރުމަށް ފަހުގަ އެވެ.

އިދިކޮޅު ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސޫރަ ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ މޫނުމަތިއަޅައިގެން ފުރައްސާރަކުރަނީ

އިދިކޮޅު ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސޫރަ ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ މޫނުމަތިއަޅައިގެން ފުރައްސާރަކުރަނީ|ޕީޕީއެމް

ސަރުކާރުން އިހްތިރާމު އަދާކުރުމުގެ ނަމުގައި ބޮޑު މަޝްރޫއެއް އެކުލަވާލި ކަމަށް ބުނި އިރު، ސަރުކާރުގެ މަތި ފަޑީގައި ތިބީ، އިދިކޮޅުގައި ތިބި އިރު، އެކި ފަރާތްތަކަށް ފުރައްސާރަކޮށް، އިހުތިރާމު ކުޑަކޮށް، ބޭއަދަބީ ބަސްތަކުން މުޚާތަބު ކޮށް، ދޮގު ވާހަކަތައް ފަތުރާ، އަވަށްޓެރި އިންޑިއާގެ އެންމެ މަތީ ވެރިޔާ އަށް ހަޖޫޖެހުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައްކަން ފާހަގަކުރެވެ އެވެ.

ސަރުކާރަށް އައިފަހުން ވެސް އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތްކޮށް ހަޖޫޖެހުމުގެ ސަބަބުން ވަޒީރުން ފެންވަރުގެ މި ސަރުކާރުގެ ވެރިންނަށް ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ފިޔަވަޅު އަޅަން ޖެހުނުކަން ފާހަގަ ކުރެވެ އެވެ. އެހެން ނަމަވެސް އެވާހަކަތައް ހިނދުމާއެކު އަނެއްކާވެސް އެފަރާތްތަކަށް ވެސް ވަނީ ރަނގަޅު މަގާމުތައް ސަރުކާރުން ހަމަ ޖައްސައިދީފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމުގައި، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ބުނެފައިވާއިރު، ޚުދު ރައީސް މުއިއްޒު އަކީ ވެސް "އިންޑިއާ އައުޓް" ކެމްޕޭނުގައި އިސްކޮށް މަގުމަތީގައި ހަރަކާތްތެރިވި ފަރާތެއްކަން ފާހަގަ ކުރެވެ އެވެ.

އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

މި މަޝްރޫއު ހިންގުމަށް ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދެމަށާއި އަދި މި ކޮމިޓީގައި 9 މިނިސްޓްރީ އަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ހިމެނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީގައި ހިމެނެނީ:

  • މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް؛

  • މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް؛
  • މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ؛
  • މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް؛
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް؛ އަދި
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އެވެ.

އިޙުތިރާމް އަދާކުރުމުގެ ދުވަހެއް، ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު 1 ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މި މަޝްރޫޢު އިފްތިތާޙު ކުރާ ދުވަސްކަމުގައި ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ.