ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ އޮފީހުން ބުނެފައިވަނީ، ބޯކަށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން، ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް 11:30 އިން 16:00 އަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގައި އެމްއެންޑީއެފް އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.