ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ލައްވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ށ. ފީވަކު ބްރާންޗް އިން މަޖުބޫރުކޮށްގެން ބުރަ މަސައްކަތް ކުރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

މިކަން ހިއްސާކޮށްފައިވަނީ އެ ކުއްޖާގެ މާމަ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގަ އެވެ. އެގޮތުން ކުއްޖާގެ މާމަ ބުނި ގޮތުގައި އެ ކުއްޖާ ލައްވާ ރޯދަ މަހެއްގައި ވަނީ މަޖުބޫރުން ބުރަ މަސައްކަތްތަކެއް ކުރުވާފަ އެވެ.

އެ ކުއްޖާ ސަރުކާރު ބަދަލުވީތަނާއި ވަދެފައި ދުވަސްކޮޅެއް ނުވޭ އެ އަހަރު ރަމަޟާން މަހު ﷲ ގަންދީ މިހުރި އުޑު 10 ރޯދަ އެކުއްޖާ އަތުން ދިޔަ، 10 ރޯދަ، ހޮޑުލަނީ އޯކާދެމެނީ ދަރިފުޅާ ކިހިނެއް ވެގެންހޭ މަޖުބޫރުކޮށްގެން އޮތްބާރު އަވިގަނޑުގައި އޮންނަ ހުއި ގައު ނޮޅާ ފާހާނާ ސާފުކޮށް މި ކުއްޖާ މުޅިން ނަފްސާނީ ވެފައި
ކުއްޖާގެ މާމަ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އެ ކުއްޖާގެ ބަލިހާލަތު ހުރިގޮތާއި އެހެނިހެން ލިޔުންތައް ދިނުމަށްފަހު ވަޒީފާއެއް ހޯދައިދިނުމަށް އެދުނު ކަމަށާއި ށ. ފީވަކު ފެނަކައިން ވަޒީފާ ހަމަޖައްސައިދިން ކަމަށް އެ ކުއްޖާގެ މާމަ ބުންޏެވެ. އަދި ވަޒީފާ ހަމަޖެހިގެން އައިރު ސަރުކާރު ބަދަލުވެފައިވާ ކަމަށް އޭނާ ބުންޏެވެ. 

އެ ކުއްޖާ ބައްޕައަކީ މިހުރީ ފެންނަން ވާހަކައެއް ނުދެއްކޭނެ، އެފަދަ ހާލުގައި ހުރި ކުއްޖެއް ދެން އެ ކުއްޖަ މަންމަ އެއިނީ މާލެ އަތޮޅު ގުރައިދޫގައި ބަލިމީހުން ލާ ތަނުގައި، މި ކުއްޖާއަކީ މިހާ ބަލި ކުއްޖެއް. ދެން އަޅުގަނޑު އެ ކުއްޖާ ހުންނާނެ އެންސްޕާއިން ދީފައި ހުރި ލިޔުންތަކެއް އެ ކުއްޖާ ކިޔެވި ކިޔެވުން ވެސް އަޅުގަނޑު އެއްމަސް ދުވަސް ވަންދެން އެ ކުއްޖާ ގޮވައިގެން ހުރިން މާލެ ގޮސްފައި ދެން އަޅުގަނޑު ބުނީ އަޅުގަނޑަކަށް ދެން ނުހުރެވޭނެ އޭ ނިދާނެ ތަނެއް ވެސް ނެތޭ ގެނައި ލާރިކޮޅު ވެސް ހުސްވަނީ އޭ
ކުއްޖާގެ މާމަ

އެގޮތުން އެ ކުއްޖާގެ ވަނީ 8 އަހަރާއި 5 މަހުގެ ސިކުނޑިއެއް ކަމަށް ކުއްޖާގެ މާމަ މައުލޫމާތު ދިނެވެ. އަދި ކުއްޖާ ލައްވާ މަޖުބޫރުން ބުރަ މަސައްކަތް ކުރުވި މައްސަލައާ ގުޅިގެން ފެމިލީ މިނިސްޓްރީއަށް ވެސް ދިޔަ ކަމަށް އޭނާ ބުންޏެވެ.