އދ. އޮމަދޫގައި ފުލުހުންގެ ބޭނުމަށް އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތްތަކުގެ ތެރެއިން، މިހާރު ކުރިއަށްދަނީ ވަށާފާރު ސިމެންތި ޖެހުމުގެ މަރުހަލާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.

އެމްޓީސީސީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ދަނީ ޕްރޮޖެކްޓް ސައިޓުގައި ކުރިއަށެވެ. އެގޮތުން، އިމާރާތުގެ ވަށާފާރުގެ ޕްލާސްޓަރިންގ ނުވަތަ ސިމެންތި ޖެހުމުގެ މަސައްކަތްތައް މިހާރު ސައިޓުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މަޝްރޫއަކީ އޮމަދޫގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް، ރަށުގެ އަމާންކަން ބެލެހެއްޓުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ހިންގާ މަޝްރޫއެކެވެ.