އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފި އެވެ.

އަންގާރަ ދުވަހު ފުލުހުން ބުނި ގޮތުގައި ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގަައި ވަނީ ދަންނަވާފަ އެވެ. އަދި ކޯޓުން ވަނީ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. 

ޝާހިދު ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުރޭގެ ވަގުތެއްގަ އެވެ. އެގޮތުން، ފުލުހުން މައުލޫމާތު ދިން ގޮތުގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހ. ރަބީއީމަންޒިލް 64 އަހަރުގެ ޝާހިދު ވަނީ ހައްޔަރުކޮށްފަ އެވެ. 

ޝާހިދު ހައްޔަރުކުރިއިރު އޭނާ ވަނީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ. އަދި ކެންޕެއިންގެ ހަރަކާތްތައް ފައްޓަވައި، ގެންދެވީ މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.