20 Jan 2018, 10:12
ނިއުދިއްލީ(19 ޖެނުއަރީ): އިންޑިއާ ސިފައިން ޖައްމޫ އެންޑް ކަޝްމީރުގައި ޕެލެޓްގަން ބޭނުންކުރުމާ ދެކޮޅަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާާ ބައިނަލަގްވާމީ ޖަމިއްޔާ އެމްނިސްޓީ އިންޓަނޭޝަނަލްއިން، ޕޯސްޓުކާޑާއި އަދި އޮންލައިން ޕެޓިޝަން ކެމްޕޭނެއް ފަށައިފިއެވެ.
އެމްނިސްޓީ އިންޓަނޭޝަނަލްއިން ބުނީ އެ ކެމްޕޭންގެ ދަށުން ކަޝްމީރުގެ ރައްޔިތުން އެ ސްޓޭޓްގެ ޗީފް މިނިސްޓަރު މެހެބޫބާ މުފްތީއަށް ޕޯސްޓުކާޑު ފޮނުވުމަށް ބާރު އަޅާނެ ކަމަށެވެ.
ކަޝްމީރުގައި މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އިންޑިއާ ސިފައިން ވަރަށް ގިނައިން ޕެލެޓް ގަން ބޭނުން ކުރެއެވެ. އޭގެ ސަބަބުން ކަޝްމީރުގެ އެތައް ބަޔަކު ވަނީ ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ހަށިގަނޑަށް އެކިއެކި ޒަހަމްތައް ލިބި މަރުވެސް ވެފައެވެ.
ޕެލެޓްގަން ބޭނުންކުރުމުން އޭގައި ހިމެނޭ ޕެލެޓްތައް ބުރައިގެން މުޅި ސަރަހައްދަށް ފެތުރިގެން ދެއެވެ.
" ޕެލެޓް ގަން ބޭނުންކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް ސަރުކާރުން އެކަމަށް އެއްވެސް ވަރަކަށް އަޅައެއް ނުލާ، މިއީ ލަދު ގަންނަންވީ ކަމެއް،" އެމްނިސްޓީ އިންޓަނޭޝަނަލް އިންޑިއާގެ އެގްޒެކެޓިވް ޑައިރެކްޓަރު އާކަރް ޕަޓެލް ވިދާޅުވިއެވެ.
ޕެލެޓް ގަން ބޭނުންކުރުުމުގެެ ސަބަބުން ކަޝްމީރުގައި ވަނީ 6221 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. އޭގެ ތެރެއިން 782 މީހެއްގެ ލޮލަށް ވަނީ އެކިވަރުގެ ގެެއްލުންތައް ވެސް ލިބިފައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ ޕެލެޓް ގަން ބޭނުން ކުރުމަކީ ބައިނަލަގްވާމީ ގާނޫނުތަކާ ވެސް މުޅިން ހިލާފުކަމެއް ކަމަށެވެ.
މަސްދަރު:މިއްލީ ގެޒެޓް