21 Jan 2018, 11:31
ގއ. މާމެންދޫގައި މާރާމާރިއެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ، މާމެންދޫގައި މާރާމާރިއެއް ހިނގައިގެން ރޭ 19:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މާރާމާރީގައި އަނިޔާވީ އުމުރުން 21 އަހަރުގެ ފިރިހެނަކަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރިއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މާރާމާރީގައި ޒަހަމްވި މީހާގެ އިތުރު ތަފްސީލެއް ނުލިބެއެވެ. މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.