21 Jan 2018, 14:49
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް ކެބިން ކްރޫއިން ހޯދަން އިއުލާނުކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަންގައި ކެބިން ކްރޫއިން ހޯދަން ކޮށްފައިވާ އިއުލާނުގައިވާގޮތުން އެމަގާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.
މޯލްޑިވިއަންގެ ކެބިން ކްރޫއަށްވުމުގެ ޝަރުތުތައް:
ރަނގަޅު ފާހަކާއެކު ޖީސީއީ އޯ ލެވެލް ނިންމާފައިވުން
- އިނގިރޭސިބަހުން ވާހަކަދައްކަން މޮޅުވުން
- ސިއްހީގޮތުން ދުޅަހެޔޮ މީހަކަށްވުން
- މީހުންނާއި ގުޅިގެން މަސައްކަތްކުރާ މީހަކަށްވުން
އޭގެ އިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކެބިން ކްރޫ ޖެނެރަލް ޓެސްޓުން ފާސްވެފައިވުން އެއީ ލިބޭނެ ޕްލަސް ޕޮއިންޓެއްކަމަށް އެ އިއުލާނުގައި ވެއެވެ.
އެކަމަށް ޝަރުތުހަމަވާމީހުންނަށް އަންނަ ފެބްރުއަރީމަހުގެ އެެއްވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 6:00 އަށް މާބްލް ހޮޓެލްގައި ވޯކް-އިން އިންޓަވިއު އޮންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
އިންޓަވިއުއަށް އަންނަ މީހުން ރަސްމީ ހެދުމެއްގައި ނަގާފައިވާ ޕާސްޕޯޓް ސައިޒްގެ ދެ ފޮޓޯއާއި، ފުލް ސައިޒް ފޮޓޯއެެއްގެ އިތުރުން ސީވީ ގެންދަން ވާނެކަމަށް މޯލްޑިވިއަންގެ އިއުލާނުގައި ވެއެވެ.