28 Jan 2018, 14:34
ފާއިތުވި ހަތަރު ހަފްތާގައި އެންމެ ބޮޑު އާމްދަނީ އަކާއެކު އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި ކުރިއަށް ދިޔަ، ސޮނީ ފިކްޗާސްގެ "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" ފަހަތަށް ޖައްސާލުމަށްފަހު ހޮލީވުޑްގެ ބޮކްސް އޮފީހުގެ އެއްވަނަ "މޭޒް ރަނާ" ހޯދައިފިއެވެ.
"ޖުމާންޖީ"އަށް ހުކުރު ދުވަސް ނިމުނު އިރު 16 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވާއިރު "މޭޒް ރަނާ"އަށް ވަނީ 24 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.
ޑެތު ކިޔޯއަކީ ޓުވެންޓިއެތް ސެންޗަރީ ފޮކްސް އިން ގެނެސްދޭ މޭޒް ރަނާ ފިލްމު ފްރެންޗައިޒްގެ ފަހު ފިލްމުވެސް މެއެވެ.
ފިލްމުގެ ކާސްޓުންނަކީ ޑިލައިން އޯބްރައިން، ތޯމަސް ބްރޯޑީ، ކަޔާ ސްކޮލެޑޭރިއޯ، ކީ ހޮންގްލީ އަދި ވިލް ޕައުލްޓާ އެވެ.