"ކެދާނަތު" އަށް އަލަށް ތަޢާރަފްވާ ބަތަލާ ސާރާ އަލީ ހާން އަށް އެ ފިލްމު ރިލީޒް ނުކުރަނީސް އެހެން ފިލްމަކަށް ސޮއި ނުކުރެވޭނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު ބުނެފިއެވެ.

އަބީޝޭކް ބުނީ ސާރާ އަކީ ދާއިރާއަށް އަލަށް ތައާރަފްވާ ބަތަލެއް ކަމަށާއި އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ފިލްމު ރިލީޒް ވަންދެން އެހެން ފިލްމަކަށް ސޮއި ނުކުރުން ކަމަށެވެ.

ޓީ-ސީރިޒްއާއި ކަރިއާޖް އެންޓައިމެންޓް އަދި "ގައި އިން ދަ ސްކައި" އާއި ބަލައްޖީ މޯޝަން ޕިކްޗާ ގުޅިގެން ގެނެސްދޭ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އެއާއެކު ސާރާއަށް ޖެހޭނީ އަންނަ ޑިސެމްބަރު މަސް އަންނަންދެން މަޑުކޮށްލާށެވެ.

ފިލްމުގައި ދައްކަނީ އިންޑިއާގެ ހިސާބެއްގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެކެވެ.

ސާރާ މި ފިލްމުގައި ކުޅެނީ ވަރަށް މުއްސަނދި ފަތުރުވެރިއެއްގެ ރޯލެވެ. އަދި ފިލްމުގައި ސުޝާންތް ކުޅެނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލައިދޭ މީހެއްގެ ރޯލެވެ.

ކެދާނަތު'އަކީ، އިންޑިއާގެ ދީނީ އަގީދާ ފެނިގެންދާ ރީތި ލޯބީގެ ފިލުމެކެވެ. ހިންދޫ އަންހެން ކުއްޖެއްގެ މެދުގައި އުފެދޭ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލްމުގެ ވާހަކަ އަކީ އެކްތާ ކަޕޫރުގެ ވާހަކައެކެވެ.