03 Feb 2018, 12:49
މާފުށީ ޖަލުގެ ޑައިރެކްޓަރު އޮފް ޕްރިޒަންސް ސަލްމާން ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
"ސަން"އަށް އެންގި ފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި މިހާރު ކަރެކްޝަންސް އިން އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާކަން ވެސް ވަނީ އެނގިފަ އެވެ.
ސަލްމާން މަގާމުން އިސްތިއުފާ ދިންކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް އޮފިސަރަކު "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ސަލްމާން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އަދި ކަށަވަރުވާ ގޮތް ނުވެފަ އެވެ.
ބައެއް މީޑިއާތަކުގައި ވާހަކަ ދައްކަވަމުން ސަލްމާން ވިދާޅުވެފައި ވަނީ ވަޒީފާ ދޫކޮށްލެއްވީ އަމިއްލައަށް ބޭނުން ފުޅުވެގެން ކަމަށާއި މި ވަގުތައް މަގާމުގައި ހުންނަވަން ވެސް ބޭނުންފުޅު ނުވާތީ ކަމަށެވެ.