ސްރީލަންކާގައި ހުންނަ ޕީޕީއެމް އޮފީހުން ހިންގާ ހަރަކާތްތައް ހިންގަނީ ލަންކާގެ ގާނޫނުތަކާ އެއްގޮތަށް، އަދި އެގައުމުގެ ފުލުހުންގެ ހުއްދައާ ވެސް އެކު ކަމަށް ލަންކާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

ލަންކާގެ ނެޑިމާލަގައި ޕީޕީއެމްއިން ހިންގާ ކެމްޕޭން ޖަގަހައިގެ ހަރަކާތްތަކާ ގުޅިގެން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާ، ދެހިވަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމުގެ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ސަފީރު މުންދު ވިދާޅުވީ، ލަންކާގައު ޕީޕީއެމްގެ ސަޕޯޓު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ލަންކާގައި ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުވުމަށް ކަމަށާއި، އެގޮތުގެ މަތިން ޕީޕީއެމް ލަންކާ އޮފީހުގެ ކައިރީގައި ދިރިއުޅޭ މީހުން ލައްވާ ބަޔަކު ޝަކުވާ ކުރުވަނީ ކަމަށެވެ.

"މިއިން އެއްވެސް ކަމަކީ ތެދު ވާހަކައެއް ނޫން. މިތަނުގައި ހިންގާ ހުރިހާ ކަމަކީވެސް ގާނޫނުތަކާ އެއްގޮތަށް، ފުލުހުންގެ ވެސް ހުއްދައާ އެކު ހިންގާ ހަރަކާތްތަކެއް،" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ލަންކާގައި ހިންގާ ހަރަކާތްތައް، ކޮންމެ ރެއަކުވެސް 11:00 ގައި ނިންމާލާ ކަމަށާއި، ޕީޕީއެމް ލަންކާ އޮފީހާ މެދު އެފަދަ ޝަކުވާތައް ކުރުވަނީ އެ އޮފީސް ބަންދު ކުރުވުމަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ.