Back
Nov 23, 2025 SUN
SUN

އެސްޓީއޯ ބޯޑުގެ ކޯރަމް އެކުލެވިގެންވާ ގޮތް އިސްލާހުކުރަނީ

އެސްޓީއޯ ބޯޑުގެ ކޯރަމް އެކުލެވިގެންވާ ގޮތް އިސްލާހުކުރަނީ
Lead photo

ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ބޯޑު ޖަލްސާގެ ކޯރަމް، ކުންފުނީގެ އާންމު ހިއްސާދާރުން އިންތިހާބުކޮށްފައިވާ ޑިރެކްޓަރު ނުހިމަނައި ހަމަވާނެ ގޮތް ހެދުމަށް އެކުންފުނީގެ ހިންގާ ގަވައިދަށް އިސްލާހެއް ހުށަހެޅުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އެ ކުންފުނިން އާންމު ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ޖަލްސާގެ ކޯރަމް އެންމެ މީހަކަށް ބިނާވެފައި އޮތުމުން ޖަލްސާ ބޭއްވުމުގައި ދިމާވެދާނެ ދަތިތަކާއި ވަކި ފަރާތަކަށް އެކަނި ޖަލްސާ ބޭއްވުމަށް އޮންނަ ކޮންޓްރޯލް ނައްތާލުމުގެ ގޮތުން ބޯޑުގެ ކޯރަމް އިސްލާހު ކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެއީ ހިންގާ ގަވައިދުގެ 58 ވަނަ މާއްދާގެ (ހ)އެވެ.

އެ ކުންފުނިން ހުށަހަޅަން ނިންމާފައިވާ އިސްލާހުގައި ވާގޮތުން، ބޯޑުގެ ކޯރަމަކީ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ތެރެއިން ބޯޑުގައި ހިމެނޭ ޑިރެކްޓަރަކު ހިމެނޭ ގޮތަށް، ހަތަރު ޑިރެކްޓަރުންނެވެ.

އެސްޓީއޯގެ ހިންގާ ގަވައިދުގެ 58 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ގާނޫނީ އަދަދު ހަމަ ނުވެއްޖެ ނަމަ ހަތް ދުވަހުގެ މުއްދަތު ދިނުމަށް ފަހު ކަނޑައެޅޭ ދުވަހަކަށް ޖަލްސާ ފަސްކުރުން ނުވަތަ ރަޖިސްޓްރާ އޮފް ކޮންޕެނީޒްގެ ހުއްދައާއެކު ޖަލްސާ ބޭއްވޭނެ ކަމަށެވެ. ނަމަވެސް އެ އަކުރު އުނިކުރުމަށް ވަނީ އިސްލާހުގައި ހުށަހަޅައިފަ އެވެ.

އެ އިސްލާހާ އެކު އެ ކުންފުނީގެ ހިންގުމުގެ ގަވާއިދަށް އިތުރު އިސްލާހުތަކެއް ވެސް ގެނައުމަށް ހުށަހަޅަން އެކުންފުނިން ވަނީ ނިންމައިފަ އެވެ.

ކުންފުނީގެ ހިންގާ ގަވައިދަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ކޮމެންޓުކުރަން އެދޭ ހިއްސާދާރުން، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން އެކުންފުނީގެ ސެކްރެޓޭރިއެޓް އެންޑް ލީގަލް އެފެއާޒަށް ލިޔުމުން ހުށަހަޅަންޖެހޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics