04 Mar 2018, 13:08
އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ދެ ޑިރެކްޓަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މީގެ ކުރިން އެމްޓީސީސީގެ ބޯޑުގެ ޑިރެކްޓަރުންގެ އަދަދަކީ 10އެވެ. ދިހަ މެމްބަރުންގެ ބޯޑުގައި، އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ އަދަދަކީ ހަތަރެކެވެ.
އެހެން ނަމަވެސް މިދިޔަ އަހަރު އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި، ބޯޑު ޑިރެކްޓަރުންގެ އަދަދު ވަނީ 10 އިން ހަތަކަށް މަދުކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު އެމްޓީސީސީގެ ހިއްސާގެ ރައިޓްސް އިޝޫ ކުރުމުގެ ސަބަބުން ކުންފުނީގެ ޝެއާ ސްޓްރަކްޗަރަށް ބަދަލު އައުމާ ގުޅިގެން، އެކުންފުނީގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނީ ދެ ޑިރެކްޓަރުންނެވެ. ސަރުކާރު ތަމްސީލުކުރާނީ ފަސް ޑިރެކްޓަރުންނެވެ.
އެމްޓީސީސީގެ މިހާރުގެ ޝެއާ ސްޓްރަކްޗަރަށް ބަލާއިރު، ކުންފުނީގެ 64.20 ޕަސަންޓު ެ އެވެ. އަދި ކުންފުނީގެ 4.65 ޕަސަންޓު ހިއްސާ އޮންނަނީ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ނޭޝަނަލް ޝިޕިންގް ލިމިޓެޑަށެވެ.
އާންމު ހިއްސާދާރުން ކޮންޓްރޯލުކުރަނީ ކުންފުނީގެ 31.15 ޕަސަންޓު ހިއްސާ އެވެ.
އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އާންމު ހިއްސާދާރުން ތަމްސީލުކުރަން އެދޭ ފަރާތްތަކުން، އެކަމަށް އެދޭ ފޯމު މާޗު 25 ގެ ކުރިން އެކުންފުންޏަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
އެ ކުންފުނިން ބުނީ، ކުރިމަތިލާ ފަރާތެއްގެ ކިބައިގައި، ކުންފުނީގެ ވިޔަފާރި ކުރިއެރުވުމުގެ ތަޖުރިބާ ހުންނަން ޖެހޭ ކަމަށެވެ. އަދި އެފަރާތެއްގެ ސާބިތު ދަރަންޏެއް އޮވެގެން ނުވާނެ ކަމަށާއި އެފަރާތަކީ ބުއްދި ސަލާމަތުން ހުރި، އަދި 25 އަހަރުން މަތީ މީހަކަށް ވާން ޖެހޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީގެ މިހާރުގެ ބޯޑު:
އަހުމަދު ނިޔާޒު (ޗެއާމަން)
- އިބްރާހިމް ޒިޔާތު (ސީއީއޯ)
- އަހުމަދު ކުރިކް ރިޒާ (ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު)
- ނާޝިމާ އަބްދުއްލަތީފް
- ހަސަން މުނީރު
- އަހުމަދު އަބްދުﷲ
އާންމު ހިއްސާދާރުންގެ ފަރާތުން
ނަސްރަތު މުހައްމަދު
- އައިޝަތު ފަޒީނާ
- މުހައްމަދު ފަރުޞަތު
- މަންސޫރު ޒުބައިރު