15 Mar 2018, 09:19
ބޮލީވުޑްގެ ކާމިޔާބު ދެ ފަންނާނުން ކަމަށްވާ ދަރްމެންދުރާ އަދި ހެމާ މާލިނީގެ ދަރިފުޅު އީޝާ ޑިއޯލް އަނެއްކާ ވެސް އެކްޓިންގެ ތެރެއަށް ވަންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބޮލީވުޑްގެ މަދު ފިލްމުތަކުން އީޝާ ފެނިފައިވެއެވެ. މި ފަހަރު އޭނާ ކުޅެން ހަމަޖެހިފައިވަނީ ކުރު ފިލްމެކެވެ. ދާދި ފަހުން ހެމާ ނެރުނު އޭނާގެ ބައޮގްރަފީ "ޑްރީމް ގާލް" އަށް ބިނާކޮށް ހަދާ ކުރު ފިލްމެކެވެ.
"ކޭކްވޯލްކް"ގެ ނަމުން އެ ފިލްމަށް ނަން ދީފައިވާއިރު އެ ފިލްމުގައި އީޝާ ކުޅޭނީ ޝެފެއްގެ ރޯލެވެ.
"އަބަދުވެސް ބޭނުންވި ކަމެއް އެއީ މިއަށް ފިލްމެއް ހަދަން. ވަރަށް ޝައުގުވެރިވި. މިއީ ވަރަށް ތަފާތު މޮޅު ސްކްރިޕްޓެއް،" އޭނާ ބުންޏެވެ.
ފިލްމުގެ ފިރިހެން ލީޑް ބަތަލަކީ ޒީ ޓީވީން ގެނެސް ދިން ޑްރާމާ ސިލްސިލާ "ޖާންބާޒް ސިންދްބާދް"ގައި ހަރަކާތްތެރިވި ތަރުން މަލްއުތުރާ އެވެ.
އެ ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ކޭކްވޯކް އަކީ އެސޯޓެޑް މޯޝަން ޕިކްޗާޒް އާއި އެސްއެސް ވަން އެންޓަޓައިންމަންޓް ފިލްމެކެވެ.
މައުލޫމާތު: ގަލްފް ނިއުސް