15 Mar 2018, 18:04
ފުލުހުންގެ ސާވިސް އެލަވަންސް ފެބުރުއަރީ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ރައީސް އޮފީހުގެ ސިޓީއަކުން އެންގުމާ ގުޅިގެން ސާވިސް އެލަވަންސް ބޮޑުކޮށް މިއަދު ފުލުހުންނަށް އެކަން އަންގައިފި އެވެ.
ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން މިއަދު ނެރުނު މެމޯއެއްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ޕޮލިސް އަދި ސިވިލް މުވައްޒަފުންގެ ސާވިސް އެލަވަންސް ބޮޑު ކޮށްފައިވާ ކަަމަށެވެ.
އެގޮތުން ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން އިންސްޕެކްޓަރ ރޭންކުގެ މުވައްޒަފުންނަށް 1000 ރުފިޔާ ބޮޑުކޮށްފައިވާއިރު ސްޓާފް ސާޖެންޓް ރޭންކުން ފެށިގެން ސާޖެންޓް ރޭންކުގެ މުވައްޒަފުންނަށް ވަނީ 1100 ރުފިޔާ ސާވިސް ޗާޖަށް ބޮޑު ކޮށްފަ އެވެ.
އަދި ކޯޕްރަލް ރޭންކާއި ލާންސް ކޯޕްރަލް ރޭންކުގެ މުވައްޒަފުންނަށް 1300 ރުފިޔާ ބޮޑުކޮށްފައިވާއިރު ކޮންސްޓަބަލް ރޭންކުގެ މުވައްޒަފުންނަށް ވަނީ 1500 ރުފިޔާ ބޮޑު ކޮށްފަ އެވެ.
ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންނަށް ވަނީ ސާވިސް އެލަވަންސްގެ ގޮތުގައި 700 ރުފިޔާ ބޮޑުކޮށްފަ އެވެ.