ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރިޔާ ސަރަން ކައިވެނިކޮށްފި އެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ޝްރިޔާ ކައިވެނިކޮށްފައި ވަނީ އޭނާގެ ލޯބިވެރިޔާ އަންދްރޭ ކޮޒްޗީވްއާ އެވެ.

ވިޔަފާވެރި އެއްކަމަށްވާ އަންދްރޭ ކޮޒްޗީވްއާ ޝްރިޔާ ކައިވެނި ކޮށްފައި ވަނީ ސިއްރު ހަފްލާ އެއްގަ އެވެ.

މި މަހު 12 ވަނަ ދުވަހު އެ ދެތަރިން ކައިވެނި ކޮށްފައި ވަނީ އެ ދެ މީހުން ގިނަ ދުވަސްތަކެއް ވަންދެންް އެކުގައި އުޅުމަށް ފަހު އެވެ.

ކައިވެނި ޕާޓީގެ ދައުވަތު ދީފައި ވަނީ އާއިލާ އާއި ރަހުމަތްތެރިންނަށް އެކަނި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޝްރިޔާ އަކީ ފެށުނީއްސުރެ ވެސް އޭނާގެ "ޕާސަނަލް" ކަންތައްތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ތަރިއެއް ނޫނެވެ. އެކަމުގެ ސަބަބުން ޝްރިޔާ ކައިވެނި ކުރިކަން ވެސް ގިނަ ބަޔަކަށް އެނގިފައެއް ނުވެ އެވެ.

ޝްރިޔާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ އަޖޭ ދޭވްގަން އާ އެކީ ފިލްމު "ދްރިޝަމް" އިންނެވެ.

މައުލޫމާތު: ނާގަޕޫރު ޓުޑޭ