18 Mar 2018, 12:48
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އިސްނަގައިގެން ބާއްވާ ބައިނަލްއަގުވާމީ ރިސާޗް ކޮންފަރެންސް "ތެވެލި" މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބާއްވަން ހަމަޖައްސައިފިއެވެ.
މިއީ "ތެވެލި" ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ.
"ތެވެލި 2018"ގެ ނަމުގައި ބާއްވާ އެ ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ނިއު ހޮރައިޒަންސް އިން ހަޔަ އެޑިއުކޭޝަން، ސައިނާޖީސް އިނޮވޭޝަން އެންޑް ޑިވޮލޮޕްމަންޓް"އެވެެ. އެ ކޮންފަރެންސް އޮންނާނީ އަންނަ އޮގަސްޓު މަހު 12 އިން 13 އަށެވެ.
ކޮންފަރެންސާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފު ވިދާޅުވީ، ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް ބާއްވާ އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ރިސާޗަރުން ބައިވެރިވެވަޑައިގެން، ތަގުރީރު ކުރައްވާނެ ކަމަށެވެ.

ގައުމީ ޔުނިވަރސިޓީގެ ދެވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް "ތެވެލި" އާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގެ ތެރެއިން-- ފޮޓޯ: ގައުމީ ޔުނިވާސިޓީ
ފަވާޒު ވިދާޅުވީ ރިސާޗް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތަތްތަކުން އަންނަ ޖޫން މަހުގެ 15 ގެ ކުރިން އެބްސްޓްރެކްޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެއަށްފަހު ޖުލައިމަހުގެ 15 ގައި ރިސާޗްއަށް ހޮވުނު ބޭފުޅުންގެ ނަންތައް ހާމަކުރައްވާނެ ކަމަށްވެސް ފަވާޒް ވިދާޅުވިއެވެ.
މިއަހަރުގެ ކޮންފަރެންސަށް ދިވެހި، އިނގިރޭސި އަދި އަރަބި ބަހުން ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ލިބެގެންދާނެއެވެ.
އެގޮތުން، ކޮންފަރެންސްގައި ދިރާސާ ކުރެއްވުމަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު 12 ސަބް ތީމަކުން ވަނީ ހުޅުވާލާފައެވެ. ތީމްތަކުގެ ތެރޭގައި ހިމެނެނީ:
އެޑިއެކޭޝަން ޑިވެލޮޕްމަންޓް އެންޑް ޕަވަޓީ ރިޑަކްޝަން
- މެޑިސިން، ނާސިން ހެލްތު އެންޑް ނިއުޓްރިޝަން
- ސޯޝަލް ބިހޭވިއަރަލް ސައިންސް އެންޑް ސައިކޮލޮޖީ
- ޕޮލިޓިކްސް އެންޑް ޕޮލިސީ
- ޝަރީއާ ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
- ބިޒްނަސް މެނޭޖްމަންޓް ފައިނޭންސް އެންޑް ގަވާނަންސް
- ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ
- އާކިޓެކްޗާ އެންޑް ބިލްޓް އެންވާރަމަންޓް
- ސައިންސް އެންޑް އެންވާރަމަންޓް
- އިންޖިނިއަރިންގް ކޮމްޕިއުޓާ ސައިންސް އެންޑް ޓެކްނޮލޮޖީ
- ހިސްޓްރީ، ލެންގުއޭޖް، އާޓް އެންޑް ކަލްޗާ
- މީޑިއާ އެންޑް ކޮމިޔުނިކޭޝަން