25 Mar 2018, 01:42
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ކ. އަތޮޅު ބުރުގައި ހިންމަފުއްޓާއި މާފުށި ކުޅުނު މެޗުން ހިންމަފުށި ތަފާތު ބޮޑުކޮށް މޮޅުވެއްޖެއެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކ. އަތޮޅުގެ މުބާރާތް ހިންމަފުށީގައި ކުރިއަށްދާއިރު، ހިންމަފުށީގެ އިތުރުން ދެން މުބާރާތުގައި ވާދަކުރާނީ މާފުއްޓާއި ގުޅި އަދި ހުރައެވެ.
މުބާރާތް ކުރިއަށްދާނީ ލީގު ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު އަތޮޅު ފައިނަލްގައި ވާދަކުރާ ގޮތަށެވެ.
ކ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހިންމަފުށިން މާފުށި ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ.
މެޗުގައި ހިންމަފުށީގެ ގޯލްތައް ކާމިޔާބުކޮށްދިނީ ހުސައިން ނާފިޒާއި ޔާސިރު ރަގީބެވެ.
ކ. އަތޮޅު ބުރުގައި ދެން އޮންނަ މެޗުގައި ވާދަކުރާނީ ހުރާ އަދި ގުޅިއެވެ.