ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމު އަހުމަދުގެ ކޮއްކޮ އަދި ގާނޫނޫ ވަކީލު އާދަމް ޒާލިފް ދޫކޮށްލައިފިއެވެ.

މީގެ ކުރިން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް ކުރައްވާފައިވާ ޒާލިފް ހައްޔަރު ކުރީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ފަހުއެވެ.

ޒާލިފްގެ އިތުރުން އެސްއޯއީގެ ދަށުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒު ވެސް ވަނީ މިއަދު ދޫކޮށްލައިފައެވެ.

ޒާލިފް މިއަދު ދޫކޮށްލި އިރު މީގެ ކުރިން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. ޒާލިފްގެ ބޭބެ އިލްހާމު އަދިވެސް ހުންނެވީ ފުލުހުންގެ ހައްޔަރުގައެވެ.