ރީޖަނަލް އެލާއަންސް ފޯ ފޯސްޓްރިން ޔޫތް (ރަފީ) ޖަމްއިއްޔާ އިން ސޮސައިޓީ ފޯ އެވެއާނަސް ފޯސްޓްރިން އެންޑް އެންލައިންމެންޓް (ސޭފް) އާ އެކު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންއެއް ގައި ސޮއިކޮށްފިއެވެ.

ޖޭޑް ބިސްޓްރޯ ރެސްޓޯރެންޓްގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުވުމުގައި ރަފީ ޖަމްއިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ ފައުންޑާ އަދި ރައީސާ އައިޝަތު ރަފިއްޔާއެވެ.

އެއްބަސްވުމުގެ ތެރެއިން ރަފީ ޖަމްއިއްޔާ އާއި ސޭފް އެންޖީއޯ ގުޅިގެން މުޖުތަމައުގެ އާންމުންނާއި ހާއްސަކޮށް އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

އެގޮތުން ދިރިއުޅުމުގެ ހުނަރުތަކާއި ދިރިއުޅުމުގެ އަގު ވަޒަން ކުރުމުގެ އިތުރުން ލީޑާޝިޕް އަދި އަންހެނުންނާ ޒުވާނުންނާ ގުޅުންހުރި ތަފާތު އެކި ޕްރޮގްރާމްތައް ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ. ހާއްސަކޮށް މަސްތުވާތަކެތުން ދުރުވާން ބޭނުންވާ ފަރާތްތަކަށް އެވަބާއިން ދުރުވުމަށް އެހީތަރިކަން ފޯރުކޮށްދީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.