04 Apr 2018, 17:13
ސައުދީ އަރަބިއްޔާގެ މަދީނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 40 ވަނަ މަލިކު އަބްދުލްއަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެ އެވެ.
ޤުރްއާނާ ބެހޭ މަރުކަޒުން ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ މުބާރާތުގައި ހިމެނޭ ގޮފިތަކުން ދެ ގޮތްޕެއްގައި ރާއްޖެ ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށާއި އެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރިވާނީ އެއް ބައިވެރިއެއް ކަމަށެވެ.
ބައިވެރިވުމުގެ ޝަރުޠު
މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ނުވުން.
- ފިރިހެނަކު ކަމުގައިވުން.
- 25 އަހަރު ފުރިފައިނުވުން
މުބާރާތުގައި ބައިވެރިވެވޭނެ ގޮފިތައް
މުޅި ޤުރްއާން ހިތުދަސް ކޮށްގެން ތަޖްވީދު މަގުން ކިޔެވުމުގެ ގޮފި.
- ވިދިވިދިގެން ( ތަރުތީބުން ) 15 ފޮތް ހިތުދަސް ކޮށްގެން ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.
ޤުރްއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ ދެ ބައިވެރިން ބޭނުންވާ ކަމަށާއި އެ ކަމަށް ޝަރުތު ހަމަވާ މީހުން މި މަހުގެ 30 ވާ ހޯމަ ދުވަހުގެ 1:30 ގެ ކުރިން އެ މަރުކަޒަށް ސިޓީ ނުވަތަ ފެކްސް ކުރަން ވާނެ ކަމަށެވެ.