05 Apr 2018, 11:03
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޑެންމާކުގެ ބޮޑުވަޒީރު ލާސް ލޯގެ ރަސްމުސެންއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް މުހައްމަދު ނަޝީދު ޑެންމާކަށް ވަޑައިގަތީ، މިއަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތަކެއް ކުރެއްވުމަށް ވިލާތުގެ ބައެއް ގައުމުތަކަށް ފެއްޓެވި ދަތުރުފުޅެއްގެ ތެރެއިންނެވެ.
ސްރީލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު ރައީސް ނަޝީދު ވިލާތަށް ދަތުރުފުޅެއް ފެއްޓެވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ، ޑެންމާކްގެ ބޮޑުވަޒީރު ރަސްމުސެންއާ ބައްދަލުކުރައްވާ ފޮޓޯއެއް އާންމުކުރައްވައިފައެވެ.
ދެހާސް ނުވަވަނަ އަހަރު ޑެންމާކްގެ ވެރިރަށް ކޯޕަންހޭގަންގައި އޮތް ޔޫއެން ކްލައިމެޓް ޗޭންޖް ސަމިޓުގެ ހަވާސާގައި އޮތް ކޮޕް15 ބައްދަލުވުމުގައި ބޮޑުވަޒީރު ރަސްމުސެން ކުރެއްވި މަސައްކަތަށް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ.