ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ އާދަމް އިސްލާމިކް މިނިސްޓްރީގެ ނައިބުކަމަށް އައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އަލީ އާދަމް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް މިދިޔަ ބުދަ ދުވަހު އައްޔަނުކޮށްފައިވާ ކަމަށެވެ.

އަލީ އާދަމް އިސްލާމިކް މިނިސްޓަރުގެ ނާއިބުކަމަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުކަމުގެ މަގާމުގައެވެ.

އޭގެ ކުރިން 2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ހުންނެވީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ކޮންސުލްގެ މަގާމުގައެވެ.