09 Apr 2018, 17:38
އެޕަލްގެ އައިފޯނު ވެސް 8 ރަތް ކުލައިން ނެރެން އެ ކުންފުނިން ނިންމައިފިއެވެ.
އައިފޯނު 7 ގެ ރެޑް ވާޝަން އަށް ބޮޑު ތަރުހީބެއް ލިބުނު އިރު އައިފޯނު 8 ގެ ރަތް ކުލަ މި ހަފްތާ ބާޒާރަށް ނެރޭނެ އެވެ.
އައިފީޯނުގެ ރަތް ކުލަ ނެރެނީ އެޕަލް އިން "ރެޑް" އާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ އެފްރިކާ ބައްރުގައި އެޗްއައިވީ އެއިޑްސް އާ މެދު ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާ ގުރޫޕެކެވެ.
އައިފޯނު 8 ގެ ރަތް ކުލައަށް ޕްރީ އޯޑާ ކުރަން ހުޅުވާލާނީ މިރޭ ކަމަށް ބެލެވެއެވެ. އައިފޯނު 8 އާއެކު އައިފޯނު އެކްސްގެ ރެޑް ވާޝަން އެއް ނެރެފާނެ ކަމަށް ނުބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިއން އައިފޯނާއި އައިޕެޑު ކޭސް ވެސް އެޕަލް އިން ވަނީ ރަތް ކުލައިން ނެރެފައެވެ. މިއީވެސް ރެޑް އާ ގުޅިގެން އެ ކުންފުނިން ކުރިއަަށް ގެންދިޔަ ކެމްޕެއިނެކެވެ.