24 May 2018, 13:12
މާލެ އަތޮޅު އާރަށް ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި ދޯނީގައި ތިބި ތިން ފަޅުވެރިންނަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ބަންޑުން ޖަހާލާފައި ވަނީ 'ހަވާ' ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެެވެ. އެ ދޯނި ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 11:30 ގައި ކަމަށެވެ. ދޯނި ބަންޑުން ޖަހާލި އިރު ދޯނީގައި ތިބީ ދިވެއްސަކާ ދެ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.
ދޯނީގައި ތިބި މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ލިބިފައިވާ ކުދިކުދި އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް އެމީހުން ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.