29 May 2018, 14:44
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް ކަމަށާއި ބައެއްފަހަރު ކުނި ޖެހުނު ނަމަވެސް އެ ގުޅުން ކަނޑައި ނުލެވޭނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫސްވެރިންނާ ބައްދަލުކުރައްވާ ސުޝްމާ ވިދާޅުވީ ރާއްޖެއަށް އެހީއެއް ބޭނުންވާ ކޮންމެ ފަހަރަކު އިންޑިއާއިން އެހީ ފޯރުކޮށްދެމުންދާ ކަމަށެވެ.
"ރާއްޖެއަކީ އަހަރެމެންގެ އަވައްޓެރިއެއް. އިންޑިއާ ފަސްޓްއަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބައެއް. ރާޢްޖޭގައި ކޮންމެ ސަރުކާރެއް އޮތްނަމަވެސް އިންޑިއާ އާއެކު ގުޅުން ބާއްވާނެ. ބައެއްފަހަރު ކުނި ޖެހުނަސް އެ ގުޅުން ކުރިއަށްދާނެ،" ސުޝްމާ ވިދާޅުވިއެވެ.
ސުޝްމާ މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އިންޑިއާގެ ނޭވީގެ ޗީފް އެޑްމިރަލް ސުނިލް ލަންބާ، ރާއްޖެއަކީ އިންޑިއާއަށް އޮތް ޗެލެންޖެއް ކަމަށްް ވިދާޅުވެފައިވަނިކޮށެވެ. ރާއްޖެއިން ޗައިނާ އާއެކު ގުޅުން ބަދަހިކުރާތީ ސުނިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.