07 Jun 2018, 09:33
ދުނިޔޭގެ ކަނޑުތައް ހިޔާމަތްކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ "ކަނޑުތަކުގެ ދުވަސް" ރާއްޖޭގެ ސްކޫލްތަކުގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އެޑިއުކޭޝަން މިިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ތަރާވީސްދަންތަކާއި އަދި އިފްތާރުތައް ސްކޫލުތަކުގައި ފަށައިފިއެވެ.
ޖަމާލުއްދީން ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ތަރާވީސްދަން އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
ޖަމާލުއްދީން ސްކޫލުގައި ރޭ ބޭއްވި ތަރާވީސްދަމުގެ ތެރެއިން-- ފޮޓޯ: މުހަމައްމަދު އަފްރާހު
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން މަހުގެ އަށްވަނަ ދުވަހެވެ. އަދި އެ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތެއްގެ ގޮތުގައި އޮންނަނީ މެންދުރުގެ ކެއުމެކެވެ. އަދި އެ ކެއުމުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ ޒާތުގެ ޕްލާސްޓިކް އެއްވެސް އެއްޗެއް ބޭނުމެއް ނުކުރާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އުފާ ޕްރޮގްރާމްގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ތަރާވީސްތަކާއި އިފްތާރުތަކުގައި ރާއްޖޭގެ 193 ސްކޫލަކުން ބައިވެރިވާ ކަމަށެވެ.
Students and Staff Iftar 1439#Iftar2018#Religioustalk#MagribPrayer#ZeroPlasticIftar#Farukoe#Worldoceanday2018@EducationMV@aishathshiham@UfaaMv@mariyam_madvelipic.twitter.com/0RrpmMYikI
— Ghaazee School (@GhaazeeSchool)June 6, 2018
" ހޭޝްޓެގް ނޯ ލަންޗުގައި ބައިވެރިވާ ދުނިޔޭގެ ސްކޫލުތަކުން ޓުވީޓުކުރަނީ އެ ދުވަހު އެކުދިންް ލަންޗަށް މިގެންނަ އެއްޗެއް ޕްލާސްޓިކް ފްރީކޮށް އެމީހުން މިގެންނަނީ. ދެން އެކަމަކު މިކޮޅުގައި ރޯދަމަހާ އެކު ވީމަ އަޅުގަނޑުމެން ޑިސައިޑް މިކުރީ ތަރާވީހެއް ނުވަަތަ ރޯދަވިއްލުމެއް ވެނިސްޑޭ ނުވަތަ ތާސްޑޭގަ ސްކޫލުތަކަށް ހުޅުވާލައިގެން ބާއްވަން. މީގެ ފޯކަސް އަކީ ހަމަ ޕްލާސްޓިކް ފްރީކޮށް ތަރާވީސްތައް އަދި އިފްތާރުތައް ބޭއްވުން." އުފާ ޕްރޮގްރާމުން ބުންޏެވެ.
Celebrating World Oceans Day#PlasticFreeLunch#farukoe#plasticfreetharaavees#WorldOceansDay@EducationMV@aishathshiham@UfaaMvpic.twitter.com/874vvNqGj1
— CHSE (@CHSE_HighSchool)June 6, 2018
ކަނޑުތަކުގެ ދިރުންތަކާ ބޭހޭގޮތުން ހޭލުންތެރިކަން އިތުުރުކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިހާރުވެސް ސްކޫލުތަކާ ގުޅިގެން ދަނީ "ފަރުކޮއި"ގެ ނަމުގައި ރާއްޖޭގެ ފަރުތައް ސްކޫލު ކުދިންނަށް ދައްކާލުމަށް ހާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެެ. ރާއްޖޭގެ އެކި ސްކޫލުތަކުން މިހާތަނަށް 23،000 އަށް ވުރެ ގިނަ ދަރިވަރުން ފަރުކޮއި ޕްރޮގްރާމް ވަނީ ނިންމައިފައެވެ.